ފުވައްމުލަކުން ދިވެހި ފިރިހެނަކު ގެވެށި އަނިޔާގެ މައްސަލައެއްގައި ހައްޔަރުކޮށް

ފުވައްމުލަކުން ދިވެހި ފިރިހެނަކު ގެވެށި އަނިޔާގެ މައްސަލައެއްގައި ހައްޔަރުކޮށް

Author
ޙަސަން މުޙައްމަދު
29 ޖޫން 2024 05:38
0
ގެވެށި އަނިޔާގެ މައްސަލައެއްގައި ފުވައްމުލަކުން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި ހިނގާދިޔަ ގެވެށި އަނިޔާކުރުމުގެ މައްސަލައެއް ފުލުހުންނަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ގެވެށި އަނިޔާގެ މި މައްސަލައިގެ ފޮޓޯތައް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ މޫނަށް ވަނީ އަނިޔާގެ ސަބަބުން ގެއްލުންތަކެއް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.