"އެރެއަށް ފަހު" އަންނަ މަހު މީޑިއާނެޓަށް

"އެރެއަށް ފަހު" އަންނަ މަހު މީޑިއާނެޓަށް

Author
ފާތިމަތު ނާވީ
01 ޖުލައި 2024 09:58
0

މަޝްހޫރި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ސީރީޒް "އެރެއަށް ފަހު" އަންނަ މަހު މީޑިއާނެޓުން ޕްރީމިއާކުރަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

އަންނަ މަހުގެ  ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ސީީރީޒްގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ގެ އިތުރުން މަރިޔަމް ޝިފާ ވެސް ހިމެނެ އެވެ. އަދި މީގެ މުހިންމު ރޯލަކުން ފިލްމް ގެ ޑައިރެކް ޔޫއްޕެ ވެސް ފެނިގެން ދާނެއެވެ.

މީޑިއާނެޓް ގެ އޮރިޖިނަލް ކޮންޓެއްގެ ގޮތުގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ ތުރިލާ ޖޯންރާގެ "އެރެއަށް ފަހު" އަކީ މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ.

 

View this post on Instagram

 

A post shared by MS Videoclub (@msvideoclub)

 

ޔޫއްޕެ ޑައިރެކްޓްކުރި ދެ ފިލްމެއް މިދިޔަ އަހަރު އޮލިމްޕަހުގައި އެޅުވި އެވެ. އެއީ ކޮމެޑީ ފިލްމު "ޖޯކަރު" އާއި ބިރުވެރި ފިލްމު "ކަޅަކި" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.