ނޫސްވެރިޔާ އިސްމާއިލް ނަސީރު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަނީ

ނޫސްވެރިޔާ އިސްމާއިލް ނަސީރު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަނީ

Author
ހުސެއިން
28 ޖޫން 2024 09:16
0

ނޫސްވެރިޔާ، އަދި މިހާރު ނޫހުގެ އެޑިޓަރ އިސްމާއިލް ނަސީރަށް ސްޓްރޯކެއް ޖެހިގެން ރާއްޖޭގައި ފަރުވާ ދިނުމަށްފަހު މާދަމާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަން އާއިލާއިން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހާލަތު މިހާރުވަނީ ވަރަށް ބޮޑަށް ރަގަޅުވެފައެވެ.

މިހާރު ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްމާއިލް ނަސީރަށް ސްޓްރޯކެއް ޖެހިފައިވަނީ އޭނާ ފާއިތުވި އީދު ޗުއްޓީއަށް އާއިލާއާއެކު ބ. އޭދަފުއްޓަށް ގޮސް ހުއްޓާ އިއްޔެގެ ވަގުތެއްގައެވެ.

ސްޓްރޯކެއް ޖެހިގެން އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް ރޭ ދަންވަރި 1:00 ގައި އޭނާ ވަނީ އެއަރ އެމްބިއުލާންސްގައި އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

މިހާރު ނޫހުން ރިޕޯޓު ކޮށްފައިވާގޮތުގައި އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭގެ އައިސީޔޫގައެވެ. އަދި އޭނާގެ ހާލު ސީރިއަސްއެވެ.

އިސްމާއިލައަކީ ނޫސްވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި "ރަން ގަލަން" ވެސް ލިބިފައިވާ ފަރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.