ހުރަވީ ސްކޫލުގެ "ހުނަރު ވެހި" އަށް ބޭނުންވާ ސާމާނުތައް ހަދިޔާކޮށްފި

ހުރަވީ ސްކޫލުގެ "ހުނަރު ވެހި" އަށް ބޭނުންވާ ސާމާނުތައް ހަދިޔާކޮށްފި

Author
ޙަސަން މުޙައްމަދު
27 ޖޫން 2024 11:39
0

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި ގުޅިގެން ހުރަވީ ސްކޫލުގައި ގާއިމުކޮށްފައިވާ ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ހުނަރުވެހީގައި ކުރިޔަށް ގެންދާ ތަމްރީނުތަކުގައި ބޭނުންކުރާ ތަކެއްޗެވެ. އެމް.އޭ.ސީ.އެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލްގައި މިދިޔަ އަހަރު ހުޅުވި ހުނަރު ވެއްސަކީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ހުޅުވި ތަނެކެވެ.

ހުނަރު ވެހީގައި މިހާތަނަށް ތަފާތު އެކި ދާއިރާތަކުން ދަރިވަރުން ދަނީ ގައުމީ ފެންވަރުގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ފުރިހަމަ ކުރަމުންނެވެ. އެގޮތުން، މިވަގުތު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު ދަނީ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯސް އަދި 15 ދަރިވަރަކު ދަނީ ފަހަން ދަސްކުރުމުގެ ސެޓްފިކެޓް ލެވެލެ 3ގެ ކޯސް ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.