ވިނަރެސް ފްލެޓްތަކަށް އެޕްލައިކުރަން ހުޅުވާލާފައިވާކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުންދާތީ ސަމާލުވާން އެދިއްޖެ

ވިނަރެސް ފްލެޓްތަކަށް އެޕްލައިކުރަން ހުޅުވާލާފައިވާކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުންދާތީ ސަމާލުވާން އެދިއްޖެ

Author
ހުސައިން
22 ޖޫން 2024 07:33
0

ވިނަރެސް ފްލެޓްތަކަށް އެޕްލައިކުރަން ހުޅުވާލާފައިވާކަމަށް ދޮގު މައުލޫމާތު ފަތުރަމުންދާތީ ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލިހުން ބުނެފައިވަނީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީ އިން ހުޅުވާލާފައިވާކަމަށާއި އިތުރު މަޢުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ ލިންކެއް ހިމެނޭގޮތަށް ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމުގައެވެ.

އަދި އެމައުލޫމާތު ހިމެނޭގޮތަށް ފޯނުތަކަށް ފޮނުވަމުންދާ ލިންކު މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް ފެންޑް ލިސްޓުގައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާކަންވެސް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ސްކޭމް މެސެޖްތައް ފޮނުވައިގެން ފަހަހަކަށް އައިސް އޮޅުވާލައިގެން ބައެއް ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން މިފަދަ ލިންކުތަކަށް ސަމާލުވުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.