ހިތާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ހިތާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

Author
ހުސައިން
14 ޖޫން 2024 05:09
0

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. ހިތާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 31 އަަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ބ. އަތޮޅު ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މިއަދު ހިންގި އެ އޮޕަރޭޝަނުގައި، ހިތާދޫ ބަނދަރު ސަރަހައްދުން އޭނާއަށް ފުލުހުން ފެނުމުން، އޭނާ ގެންގުޅުނު ފޮށިގަނޑެއް އެއްލައިލާފައިވެއެވެ. ފުލުހުން އެ ފޮށިގަނޑު ނަގައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ނުވަ ރަބަރު ޕެެކެޓު ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.