މާލެ ކައިރީގަ އޮތް ކަނޑުއޮށްގިރީގެ މަސައްކަތް ހުޅުމާލެއަށް ބަދަލުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިކަން ހާމަކޮށްފައިވަނީ އިއްޔެ ކުރިޔަށްދިޔަ ބޮޑު ކަންނެލި މަސްވެރިންގެ މުޒާހިރާ ކުރިޔަށް ދަނިކޮށް އެތަނަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ ކަނޑުއޮށްގިރި މިހާރު ބޭނުންކުރަން ދަތިވަނީ އެ ރަށުގެ އެއްގަމު ތޮށި ހަލާކު ވުމާއި އަދި އޭގެ އިތުރުން ބަނދަރު ސަރަހައްދުވެސް ތިލަވެފައިވާތީ ކަމުގައެވެ. އޭގެ ސަބަބުން މަސް ދޯނިތަކަށް އެރަށަށް ކަރިކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހުޅުމާލެ އިން ބިމެއް ހޯދުމަށްފަހު ކަނޑުއޮތްގިރީގައި ކުރިއަށްދާ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރުން ކަމުގައެވެ.
އަޅުގަނޑުމެން މިދަނީ އެޗްޑީސީއާ މުއާމަލާތް ކުރަމުން ކަނޑުއޮތްގިރި ސުވޮޕް ކުރެވޭތޯ. ކަންޑުއޮތްގިރި އާއި ހުޅުމާލެއިން ބިމަކާ.
ޝިޔާމް ވިދާޅުވި އެވެ.
މިފްކޯއިންވެސް ނީ އެ ކުންފުނިންދަނީ ކަނޑުއޮށްގިރީގައި ހުރި ފެސިލިޓީ ހުޅުމާޅެއަށް ބަދަލުކުރުމަށް ފިޝަރީޒް އާއިއެކު މަޝްވަރާކުރަމުންދާ ކަމުގައެވެ. އެހެންނަމަވެސް މިވަގުތު ކުންފުނިން 20 ރުފިޔާގެ ރޭޓުން މަސް ގަންނަމުންދާނެކަމަށާއި އެކަން ކުރާނީ ސަރުކާރުގެ ސަބްސިޑީގެ އެހީތެރިކަމާއިއެކުކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.