މާލޭ ދެކުނު ފަރާތު ފަޅުތެރޭގަ އޮތް ލޯންޗެއްގައި ރޯވެއްޖެ

މާލޭ ދެކުނު ފަރާތު ފަޅުތެރޭގަ އޮތް ލޯންޗެއްގައި ރޯވެއްޖެ

Author
ހުސައިން
13 ޖޫން 2024 07:23
0

މާލޭ ދެކުނުފަރާތު، ސްވިމިން ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 00:42 ހާއިރު ލިބުމާއެކު، ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން އެފްއާރުއެސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ލޯންޗުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 00:56 ހާއިރު އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.