ޖޭއެސްސީގެ ރައީސަކަށް ރިޒާ އިންތިހާބުކޮށްފި

ޖޭއެސްސީގެ ރައީސަކަށް ރިޒާ އިންތިހާބުކޮށްފި

Author
ހުސައިން
13 ޖޫން 2024 06:29
0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިންތިހާބުކޮށްފި އެވެ.

ޖޭއެސްސީން އެކަން ހާމަކުރީ އެ ކޮމިޝަންގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރި ޕޯސްޓެއްގައި އެވެ. މަޖިލީހުން ކަނޑައެޅި މެންބަރުގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ރިޒާ، ރައީސަކަށް އިންތިހާބު ކޮށްފައިވަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. ރިޒާ އިންތިހާބުވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ރިޒާ ހިމެނޭހެން ޖޭއެސްސީގައި 9 މެންބަރަކު ތިއްބަވައެވެ. އެއީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މުހައްމަދު ނިޔާޒުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮމިޝަނުގައި އިންނަވާ އަބްދުއްރަހީމް އަބްދުﷲ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، އަލީ ޝަރީފް އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާފައިވާ މެންބަރު ޑރ އާމިނަތު އުއްމުކުލްސުމް، ސިވިލް ސާވީސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިއު، ބަންޑާރަ ނައިބް އަހުމަދު އުޝާމް އަދި ރައީސްގެ މެންބަރު މުހައްމަދު ސަމީރުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު އަލީ އަބްދުއްލަތީފް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.