ފަލަސްތީނަށް ދޭ އެހީ މި އަހަރު 10 ގުނަ އިތުރު ކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއިން ފަލަސްތީނަށް ދެމުން އަންނަނީ، މަހަކު 5،000 ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް އިޒްރޭލުން ވަރުގަދަކޮށްފައި ވާތީ ރާއްޖެއިން ވީހާވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމާވާ، އެއަަދަދު 50،000 ޑޮލަރަށް އިތުރު ކުރުމަށް ރައީސް ނިންމަވާފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ.
މިދިޔަ އަހަރުތަކުގައި ދައުލަތުން ވާނީ މި ފަންޑަށް އަބަދުވެސް އެހީތެރިވެދީފަ.. އެގޮތުން ކޮންމެ އަހަރަކު ރަމްޒީ އެހީއެއްގެ ގޮތުގައި، 5000 ޑޮލަރު ދަނީ ދެމުން.. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ފަހުން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން، ފަލަސްތީނަށް ލިބުނު ގެއްލުންތަކުގެ އެހީއެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން 50،000 ޑޮލަރު.. އެއީ ކުރީގެ އަދަދުގެ ދިހަ ގުނަ ހަދިޔާ ކުރާ ގޮތަށް ނިންމަވާފަ..
މޫސާ ޒަމީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ