މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލީމާ އާއި އިތުރު ނުވަ މީހަކު ގޮވައިގެން ދަތުރުކުރި މަތިންދާބޯޓެއް ގެއްލިފައިވާ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ. މަލާވީ ޑިފެންސް ފޯސްގެ މަތިންދާ ބޯޓު "ރާޑަރުން ފައިބައިގެން ދިޔައީ" ވެރިރަށް ލިލޮންގްވޭއިން މިއަދު ހެނދުނު ފުރައިގެން ދިއުމުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އޭވިއޭޝަން އޮފިޝަލުންނަށް މަތިންދާބޯޓަށް ގުޅުން ކެނޑުމާއެކު ރައީސް ވަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގުމަށް އަންގަވާފައެވެ.
ނާއިބު ރައީސްގެ ފްލައިޓް އުތުރުގައި އޮންނަ އެމްޒޫޒޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައި އޮތީ އެގައުމުގެ ގަޑިން 10:00 (09:00 ބީއެސްޓީ) ގެ ފަހުންނެވެ. ޑިފެންސް ފޯސްގެ ކޮމާންޑަރު އެކަން އެންގުމުން މަލާވީގެ ރައީސް ލަޒަރަސް ޗަކްވޭރާ ވަނީ ހޯމަ ދުވަހުގެ ރޭ ބަހާމާސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ފްލައިޓް ކެންސަލް ކުރައްވާފައެވެ. "ހަގީގަތްތައް ސާބިތުވުމުން ހާލަތާ ގުޅޭ ގޮތުން ހިނގާ ކޮންމެ ކަމެއް ރައްޔިތުންނަށް އަޕްޑޭޓް ކުރެވޭނެ،" ރައީސް އޮފީހުން ބުންޏެވެ.
ޖެނެރަލް ވެލެންޓީނޯ ފިރީ ވިދާޅުވީ މަތިންދާބޯޓު ގެއްލުނު ސަބަބެއް އަދި ނޭނގޭ ކަމަށެވެ. މަލާވީގެ އިންފޮމޭޝަން މިނިސްޓަރު މޯސެސް ކުންކުޔޫ ބީބީސީއަށް ވިދާޅުވީ މަތިންދާބޯޓު ހޯދުމުގެ މަސައްކަތަކީ ވަރަށް ހަރުދަނާ މަސައްކަތެއް ކަމަށެވެ.
ޗިލީމާ ދަތުރުކުރައްވަމުން ގެންދެވީ، މީގެ ތިން ދުވަސް ކުރިން އަވަހާރަވި ކުރީގެ ކެބިނެޓް މިނިސްޓަރު ރަލްފް ކަސަމްބަރާ ވަޅުލުމުގައި ސަރުކާރު ތަމްސީލު ކުރެއްވުމަށެވެ.
"އޭނާ ޖައްސަން އުޅުނު އެއާޕޯޓަކީ، ނުވަތަ މުޒޫޒުގެ އުތުރުގައި އޮންނަ އެއާޕޯޓަކީ ޖަނާޒާ ހިނގަމުން ދިޔަ ތަނާ އެންމެ ކައިރީގައި އޮތް އެއާޕޯޓް،" ކުންކުޔޫ ވިދާޅުވި އެވެ.
ޑރ.ޗިލީމާ ހައްޔަރުކޮށް ދައުވާ 2022 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ ސަރުކާރުގެ ކޮންޓްރެކްޓްތައް ހަވާލުކުރުމުގެ ބަދަލުގައި ފައިސާ ބަލައިގަތް ކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް އެ ގޮތަށް ނިންމި ސަބަބެއް ބަޔާންކޮށް މިދިޔަ މަހު ކޯޓުން ވަނީ ދައުވާ ބާތިލްކޮށްފަ އެވެ.