"ބިންވެރިޔާ" ސްކީމްގެ ސަބަބުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް

"ބިންވެރިޔާ" ސްކީމްގެ ސަބަބުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް

ކުރީގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 11 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓް ރިވިއުގައި ލަފާކޮށްފައިވަނީ "ބިންވެރިޔާ" ސްކީމަށް ބިން ދޫކުރުމުގެ ސަބަބުން އެޗްޑީސީއަށް 7.2 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާއާ ދެމެދުގެ ގެއްލުމެއް ވާނެ ކަމަށާއި ސްކީމްގައި ދޫކޮށްފައިވާ ބިމުން އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާއާ ދެމެދުގެ ގެއްލުމެއް ލިބޭނެ ކަމަށެވެ.

އޮޑިޓް އޮފީހުން ބުނީ އެޗްޑީސީއަށް ބަދަލުގެ ގޮތުގައި ގުޅީފަޅާއި މާގިރިފަޅު ދީފައިވާ ކަމަށެވެ. އަދި އެޗްޑީސީއަށް ލިބުނު 7.7 ބިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ އެންމެ އަގުބޮޑު ސަރަޙައްދުން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން ދައުލަތަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އެ ބުރަ އުފުލަން ޖެހޭނެ ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހު ކުރެއްވި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން 1،000 ގޯތި ދޫކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *