ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ޗެނަލް/ކޯރު ސަރަހައްދު, ހައްޖު ދުވަހު ބަންދުކުރަން ނިންމައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ކޯޕަރޭޝަނުގެ ބޭނުމަަކަށް ހުޅުމާލެ ޗެނަލް/ކޯރު ސަރަހައްދު ޖޫން 15 ވަނަ ދުވަހު ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ބަންދުކުރެވޭނެ ކަމަށެވެ.
މި ގަޑިތަކުގައި އެ ސަރަހައްދުގައި ޖެޓް ސްކީ ކުރުމާއި މޫދަށް އެރި އުޅުމާއި ޑިންގީ ހުރަސް ކުރުން ނުވަތަ އެ ސަރަހައްދަށް ވަނުން މަނާވާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ.
އެޗްޑީސީއިން ބުނީ ޗެނަލް ބަންދުކުރަންޖެހެނީ އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށާއި ޗެނަލް ބަންދުކުރުމުގެ ސަބަބުން ކުރިމަތިވެދާނެ އުނދަގުލަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ