ހުޅުމާލެ ޗެނަލް ކޯރު ސަރަހައްދު ހައްޖު ދުވަހު ވަކި ވަގުތެއްގައި ބަންދުކުރަނީ

ހުޅުމާލެ ޗެނަލް ކޯރު ސަރަހައްދު ހައްޖު ދުވަހު ވަކި ވަގުތެއްގައި ބަންދުކުރަނީ

Author
އަހުމަދު
09 ޖޫން 2024 05:27
0

ހުޅުމާލެ ޗެނަލް ކޯރު ސަރަހައްދު ހައްޖު ދުވަހުގެ ވަކި ވަގުތެއްގައި ބަންދު ކުރަން އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި މިއަދު ބުނީ އެ ކޯޕަރޭޝަންގެ ބޭނުމަށް ހުޅުމާލެ ޗެނަލް ކޯރު ސަރަހައްދު 15 ޖޫން ވަނަ ދުވަހުގެ ހެނދުނު 09:30ން މެންދުރު 14:00ށް ބަންދު ކުރަން ނިންމާފައިވާ ކަަމަށެވެ. އެ މުއްދަތުގައި އެ ސަރަހައްދުގައި ޖެޓް ސްކީ ދުއްވުމާއި މޫދަށް އެރި އުޅުމާއި ޑިންގީ ހުރަސްކުރުން ނުވަތަ އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމަށް އެޗްޑީސީގެ އިއުލާންގައިވެއެވެ.

އެޗްޑީސީން ބުނީ ޗެނަލް ބަންދުކުރަން ކުރަނީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަަމަށެވެ.

މުނިފޫހިފިލުވާ ތަންތަނާއި އެހެނިހެން ކުޅިވަރުތަކާއި ހަރަކާތްތައް ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ޗެނަލް ޕާކުގެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައެވެ.

ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ކޯރާ ދިމާލުގައި އެޗްޑީސީން ތަރައްގީކުރަމުން އަންނަ ޗެނަލް ޕާކު ސަރަހައްދުގައި އޯވާވޯޓާ ރެސްޓޯރަންޓެއް އަޅާނެ ބަޔަކު ހޯދަން ވެސް ސަރުކާރުން މީގެކުރިން އިއުލާން ކުރިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.