"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2024″ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2024″ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2024″ އަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މި އެވޯޑަކީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ގައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން ޖުލައި 18 ގެ ނިޔަލަށެވެ.

މި އަހަރު ދޭނީ ޕްރޮޑަކްޝަން އެވޯޑާއި އިންޑިވިޖުއަލް އެވޯޑާއި އިންޑަސްޓްރީ އެވޯޑެވެ.

އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކަކީ 1 ޖެނުއަރީ 2023 އިން ފެށިގެން 31 ޑިސެމްބަރު 2023 އަށް ބްރޯޑްކާސްޓްކޮށްފައިވާ ޑޮކިއުމެންޓްރީއެއް ކަމުގައި ވާން ވާނެ ކަމަށް ވެސް އިއުލާންގައި ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ނިއުސް ބުލެޓިން، ހަފުތާގެ ހަބަރުގެ ޕްރޮގްރާމް/ޝޯ، ވަގުތުން ގެނެސްދޭ ބްރޭކިން ނިއުސްގެ ރިޕޯޓު ނުވަތަ ވަކި މައުލޫއަކަށް ގެނެސްދޭ ހަބަރުގެ ޕްރޮގްރާމު ހިމެނިދާނެ ކަމަށް އިއުލާންގައިވެއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *