"މައިދާން" އެމެޒޮން އިން މިހާރު ބަލާލެވޭނެ

"މައިދާން" އެމެޒޮން އިން މިހާރު ބަލާލެވޭނެ

Author
ފާތިމަތު ނާވީ
08 ޖޫން 2024 10:45
0

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ގެ ފިލްމު "މައިދާން"  އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ އެމޮޒަންގައި ރިލީޒްކޮށްފި އެވެ.

މި ފިލްމަކީ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަގެ ގޮތުގައި ސިފަކުރާ ކުރީގެ ކޯޗް، ސައީދު އަބްދުލް ރަހްމާންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ.

ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ މިހާރު ސިނަމާތަކަށް ގެންނެސްފައިވަނީ މި އަހަރުގެ ޖޫން 23 ގަ އެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

އިންޑިއާ ފުޓްބޯޅައިގެ ރަން ދުވަސްވަރު (1952-1962) ގައި ކޯޗުކަން ކޮށްދިން ސައިދު ޢަބްދުއްރަޙީމްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “މައިދާން” ގައި ސައިދުގެ ރޯލުން ފެނިގެންދާނީ އަޖޭއެވެ. އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދެކުނު އިންޑިއާގެ ބަތަލާ ޕްރިޔަމާނީ، ރުދްރަނިލް ގޯޝް އަދި ގަޖްރާޖް ރާއޯ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.