ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ މިހާރު ހަދަމުން އަންނަ ފިލްމްއިން އޭނާގެ ހަނގު ދަރިފުޅާއި މާމަ ދަރިފުޅު ފެނިގެންދާނެ ކަމަށް ބުނެފި އެވެ.
"ސޮރީ" ގެ ނަމުގައި ފިލްމެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ޑައިރެކްޓަރު މި ވާހަކަ މިއަދު ސޯޝަލް މިޑިއާގައި ހިއްސާކޮށް އޭނަ ވަނީ އެ ދެ ކުދިން ހިންދީ ލަވައަކަށް ލިޕްސިންކްކުރާ ތަން ދައްކުވައި ޓިކްޓޮކް ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ.
ނަހުލާގެ ޕޯސްޓުގައި ބުނެފައިވަނީ އޭނާ ކުރިއަށް ފިލްމުގައި އޭނާގެ ހަގު ދަރިފުޅު ލާލި އާއި މާމަ ދަރިފުޅު އެވެލީ ފެނިގެންދާނެ ކަމަށެވެ. މިއީ މިދެކުންދިން އަލަށް ފެނިގެންދާނެ ފިލްމްއެކެވެ.
"ސޮރީ" ގެ މަސައްކަތް މިހާރު ކުރިއަށް ދިޔަ ނަމަވެސް މި ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަކަށް ނަހުލާ ނުދެ އެވެ. އެކަމަކު އެންމެ ފުރަތަމަ މި ފިލްމުގެ ވާހަކަ 2019 ގައި ހިއްސާކުރި އިރު، އޭނަ ބުނެފައި ވަނީ ފިލްމުގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ ހިމެނޭނެ ކަމަށެވެ.