މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް، ނައިބު މުގައްރިރަކަށް ސަލީމް

މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް، ނައިބު މުގައްރިރަކަށް ސަލީމް

Author
އަހުމަދު
03 ޖޫން 2024 04:42
0

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމަށާއި ނައިބު މުގައްރިރު ކަމަށް ބޭފުޅުން މިއަދު އިންތިހާބުކޮށްފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް އިންތިހާބުކޮށްފައި ވަނީ މާމިމިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އަދި ނައިބު މުގައްރިރަކަށް އިންތިހާބުކޮށްފައި ވަނީ އޭދަފުށީ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އެވެ.

މަޖިލިހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން ވަނީ ކަނޑައަޅަން ފަށައިފައެވެ. މުގައްރިރުންނާއި ނައިބު މުގައްރިރުން ކަނޑައަޅާން ފަށާފައި ވަނީ މަޖިލިހުގެ ދާއިމީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ހަމަޖައްސައި މަޖިލިހުގެ ތަޅުމުން އެކަން ފާސް ކުރުމުންނެވެ.

މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން

މުގައްރިރު: މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް
ނައިބު މުގައްރިރު: އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމް)
ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު
ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު އަޒާން
ކެލާ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ޝަރީފު
ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ހަމަދު އަބްދުﷲ
ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ޝުޖާއު
ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު ނާޒިމް
ގެމަނަފުށީ ދާއިރާގެ ޕީއެންސީ މެމްބަރު އަސަދުﷲ ޝިހާބު
ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ އަހްމަދު ޝަމްހީދު
ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ އަބްދުލްޣަފޫރު މޫސާ

ކޮމިޓީގެ މުގައްރިރަކަށް ގާސިމްގެ ނަން ހުށަހެޅުއްވީ ސަލީމެވެ. އެ ނަމަށް ތާއީދު ކުރެއްވީ ޝުޖާއުއެވެ. ނައިބު މުގައްރިރަކަށް ސަލީމްގެ ނަން ހުށަހެޅުއްވީ ޝުޖާއުއެވެ. އެ ނަމަށް ތާއީދު ކުރެއްވީ ގާސިމެވެ.

އެ ދެ ނަން ވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.