"ފުރޭތަ" ވީޑިއޯ ކްލަބް އަށް އަރައިފި

"ފުރޭތަ" ވީޑިއޯ ކްލަބް އަށް އަރައިފި

Author
ފާތިމަތު ނާވީ
31 މެއި 2024 02:05
0

ޑާކް ރެއިން އެންޓަޓައިންމަންޓްގެ އެންމެ ފަހުގެ ފިލްމު "ފުރޭތަ" ވީޑިއޯ ކްލަބްއަށް މިއަދު ދޫކޮށްލައިފިއެވެ. ވީޑިއޯކުލަބުން މިހާރު މި ފިލްމު ބަލައިލެވޭނެ އެވެ.

ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓުގެ ކާމިޔާބު ފިލްމް "ފުރޭތަ" އޮލިމްޕަހުގައި އަޅުވައިފައިވަނީ މާޗް މަހުގެ 7 ވަނަ ގައިއެވެ. "ފުރޭތަ" އަކީ އަހުމަދު ތޮލާލްގެ ސްކްޕްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ރިވެންޖް އެކްޝަން ތުރިލާއެކެވެ.

 

View this post on Instagram

 

A post shared by MS Videoclub (@msvideoclub)

ދިވެހި މުޖުތަމައުގައި މިހާރު ހުރި އެކި ކަހަލަ މައްސަލަތަށް ފުރޭތަ" އިން ދައްކުވައި ދޭނެ އެވެ. އެހެންވެ މީގެ ވާހަކަ އަކީ މުޖުތަމައުގެ "އަނދިރި ފަރާތުން" ސޮފުހާތަކެކެވެ. މި ފިލްމަކީ ކުށުގެ ވެއްޓާއި އާއިލީ ހާޖާނުގަނޑުތަކާއި ބަދަލުހިފުންތަކާއި ތަޅާފޮޅުން ފަދަ ކަންކަން ފެންނާނެ އެއްޗެކެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.