އިސްރާއީލުގެ ޖަރީމާތަކާއި ގުޅިގެން، އެގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރެޒިލްގެ ސަފީރު އަނބުރާ ގެންގޮސްފި

އިސްރާއީލުގެ ޖަރީމާތަކާއި ގުޅިގެން، އެގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރެޒިލްގެ ސަފީރު އަނބުރާ ގެންގޮސްފި

Author
ހުސައިން
30 މެއި 2024 07:07
0

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން، އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރެޒިލްގެ ސަފީރު އެގައުމުން އަނބުރާ ގެންގޮސްފިއެވެ.

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަނބުރާ ގެންދެވީ ޣައްޒާއާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލާއި ބްރެޒިލްއާއި ދެގައުމުން ބަހުގެ ހަމަލާތައް ބަދަލު ކުރުމަށްފަހުއެވެ.

ބްރެޒިލްގެ ރަސްމީ ގެޒެޓްގައި މިކަން އިއުލާނު ކުރި ނަމަވެސް އިޒްރޭލުގެ ހާރިޖީ ވުޒާރާއިން ބުނީ ރަސްމީ މެސެޖެއް އަދި ލިބިފައި ނުވާ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ލޫލާ ވަނީ އިސްރާއީލުގެ ހަނގުރާމަ އާއި ހޮލޮކޮސްޓް އާ އަޅާކިޔާފަ އެވެ. އޭގެ ރައްދުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ވަނީ ހިންހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން، ބްރެޒިލްގެ މަންދޫބު ގުދުސްގައި ހުންނަ ނެޝަނަލް ހޮލޮކޮސްޓް މިއުޒިއަމަށް ހާޒިރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.