ފަލަސްތީނުގެ ދިދަ ވިހުރުވި ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ސަސްޕެންޑްކޮށްފިއެވެ.
ފަރަންސޭސިވިލާތުން ފަލަސްޠީނުގެ ދައުލަތެއްގެ ދަރަޖަ ޤަބޫލުކުރަންޖެހޭތޯ ބަހުސް ކުރަމުން ދަނިކޮށް ފަލަސްޠީނުގެ ދިދައެއް ހިފަހައްޓައިގެން ހުންނެވުމުން ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ވާތުފިޔައިގެ މެންބަރަކު ދެ ހަފްތާއަށް ސަސްޕެންޑްކޮށްފައެވެ.
ދެކުނުގެ ސިޓީއެއް ކަމަށްވާ މާސޭއަށް ނިސްބަތްވާ ފްރާންސް އަންބޯޑް (ލާ ފްރާންސް އިންސޯމިސް ނުވަތަ އެލްއެފްއައި) ޕާޓީގެ ޕާލަމެންޓް މެމްބަރު ސެބެސްޓިއަން ޑެލޯގު ދިދަ ހިފައިގެން ތެދުވީ ސަރުކާރާ ކުރި ސުވާލުތަކުގަ އެވެ.
ޕާލަމެންޓުގެ ރައީސް ޔައީލް ބްރައުން-ޕިވެޓް ގަބޫލުނުކުރެވޭ އަމަލެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވައި، ޑެލޯގޫ ދެ ހަފުތާއަށް ސަސްޕެންޑްކޮށް، ދެ މަސް ދުވަހަށް އޭނާގެ ޕާލަމެންޓްރީ އެލަވަންސް ދެބައިކުޅަ އެއްބަޔަށް ކަނޑާލަން މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
ޑެލޯގޫ ތިރި ޗެމްބަރުން ނުކުމެ ގެންދިޔައީ ކާމިޔާބީގެ ވީ-ނިޝާނެއް ހަދަމުން ދަނިކޮށް އެތެރޭގައި ތިބި ކަނާތު ފިޔައިގެ އަދި ސެންޓްރިސްޓް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އޭނާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތައުރީފު ކުރަމުން ދަނިކޮށެވެ.
ޗެމްބަރުގެ ބޭރުގައި ބައެއް ޑެޕިއުޓީން ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.