"ރޮބޯމޭން – ދަ މޫވީ" އަށް އެކްޓަރުން ހޯދަން އިއުލާންކޮށްފި

"ރޮބޯމޭން – ދަ މޫވީ" އަށް އެކްޓަރުން ހޯދަން އިއުލާންކޮށްފި

ދިވެހި ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން އަށް ބިނާކޮށް "ރޮބޯމޭން: ދަ މޫވީ" ގެ ނަމުގައި ހެދުމަށް ނިންމާފައިވާ ފިލްމަށް އެކްޓަރުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ރޮބޯމޭން އަށް ބިނާކޮށް "ރޮބޯމޭން: ދަ މޫވީ" ގެ ނަމުގައި ދިވެހި ފީޗާ ފިލްމެއް ހަދަން ނިންމައިފައިވާކަން އިއުލާން ކުރީ މިއަހަރުގެ ކުޑަކުދިންގެ ދުވަހެވެ. ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 10 ވަނަ ދުވަހެވެ.

މި ފިލްމު ހަދަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ސްޓޫޑިއޯއެއް ކަމަށްވާ އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިިގެންނެވެ. މިހާތަނަށް އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއްގެ އިތުރުން ވެބް ސީރީޒްތަކެއްގެ ސްކްރީންޕްލޭ ވެސް ލިޔެފައިވާ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ "ރޮބޯމޭން" ގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ) އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި) އެވެ.

އޯކޭޒް އިންކް އިން ބުނީ ރޮބޯމޭންގެ ކުޑައިރުގެ ރޯލަށް ކުޑަ ކުއްޖަކު ހޯދުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން އޯޑިޝަން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިއޮޑިޝަންގައި އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނެ ކަމަށް ވެސް އޯކޭޒް އިންކް އިން ބުންޏެވެ. އަދި މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އޮޑިޝަންގައި ބައިވެރިވުމަށް ބޭނުންވާ ކުދިންނަށް ވީޑިއޯ ފޮނުވޭނެ އެވެ.

"ރޮބޯމޭން" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *