ހ.ހަމަރޯޅިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
ހ.ހަމަރޯޅިގެއިން ދުން އަރާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 16:36 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރު، އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވެފައި ހުރުމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ. މިގޮތުން މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާންގަނޑު ވަނީ މިއަދު 17:14 ހާއިރު ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ