ބްރިޖް ކައިރިން އޮޔާ ދަނިކޮށް ފެނުނީ ބިދޭސީ އަންހެނެއް

ބްރިޖް ކައިރިން އޮޔާ ދަނިކޮށް ފެނުނީ ބިދޭސީ އަންހެނެއް

ގުޅުންހުރި

ސިނަމާލެ ބްރިޖް ކައިރިން މަރުވެގެން އޮޔާ ދަނިކޮށް ފެނުނު މީހާ ދެނެގަނެވިފައިވާ ކަމަށާއި، އެއީ ބިދޭސީ އަންހެނެއް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖާއި ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާކަމަށް އިއްޔެ 12:35 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެމީހާ ފެނުމާއެކު އައިޖީއެމްއެޗްއަށް ގެންގޮސްފައި ވެއެވެ.

ސިނަމާލެ ބްރިޖު ކައިރިން އޮޔާ ދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އަދި މަރުވެފައިވަނީ އަންހެނެއް ކަމަށާއި އެއީ ދިވެއްސެއް ނުވަތަ ބިދޭސީ އެއް ކަން ސާފުނުވާ ކަމަށް އެ ހޮސްޕިޓަލުން އޭރު ބުނެފައި ވެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ