ށ އިން ފެށޭ ބަސް ހަދަން އުޅޭ ވާހަކަ ދޮގު ކޮށްފި

ށ އިން ފެށޭ ބަސް ހަދަން އުޅޭ ވާހަކަ ދޮގު ކޮށްފި

Author
ހުސައިން
25 މެއި 2024 10:31
0
ށ އަކުރުން ފެށޭ ފަސް ބަހެއް އުފައްދަވާނެ ކަމަށް މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ކަމަށް ބުނެ ފަތުރާ ހަބަރުތައް މިނިސްޓަރު ދޮގު ކުރައްވައިފި އެވެ.

މިނިސްޓަރު އެކަން ދޮގު ކުރައްވާފައިވަނީ ށ އިން ފެށޭ ފަސް ލަފުޒެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފައްދާނެ ކަމަށް ބުނެ ރަޖިސްޓްރާ ނުކޮށް ރާއްޖޭގައި ހިންގަމުން އަންނަ ނޫހަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެކަމާއި ސުވާލު ކުރުމުންނެވެ.

ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު ނަސީރު ވިދާޅުވީ ށަވިޔަނިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަަމެއް ނޫން ކަމަށެވެ. ސަބަބަކީ ށ ގެ އަޑަކީ ލަފުޒެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑަކަށްވާތީ ކަމަށެވެ.

އެއީ ގުދުރަތީ ކަމެއްް. ވީމާ ށ އިން ލަފުޒެއް އުފެއްދުމަކީ އެއްވެސް ގޮތަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ އަދި ތަރުހީބު ދެވޭ ކަމެއް ނޫން.
އާދަމް ނަސީރު އިބްރާހިމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެއީ ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ދޮގު ހަބަރެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.