ގަދަވަޔާއެކު ހުޅުމާލޭގައި ހުރި ބޮޑެތި ގަސްތަކެއް ވެއްޓިއްޖެ

ގަދަވަޔާއެކު ހުޅުމާލޭގައި ހުރި ބޮޑެތި ގަސްތަކެއް ވެއްޓިއްޖެ

Author
އަހުމަދު
23 މެއި 2024 11:15
0

ގަދަވަޔާ އެކު ހުޅުމާލޭގައި ހުރި ބޮޑެތި ގަސްތަކެއް ވެއްޓިއްޖެއެވެ.

ވައިގަދަވުމުގެ ސަބަބުން ވެއްޓިފައި ވަނީ ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ފިތުރޯނު ގަސްތަކެކެވެ. އެ މަގަކީ ވަރަށް ބިޔަކޮށް ހެދިފައި ހުންނަ ގަސްތަކެއް ހުންނަ މަގެކެވެ. މި ހާދިސާގައި އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ގަސްތައް ވެއްޓުމާ ގުޅިގެން އުޅަނދު ފަހަރު ނުދުއްވޭ ގޮތަށް ވަނީ މަގު ބަންދުވެފައެވެ.

ފިތުރޯނު ގަސްތަކެއް ވެއްޓިފައި ވަނީ ރޭ ފަތިހުގެ ވަގުތުގައި ވިއްސާރަވެ، އާދައާހިލާފަށް ވައިގަދަވުމުގެ ސަބަބުންނެވެ.

ސޯޝަލް މީޑިއާޣައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބޮޑު ހަތަރު ފިތުރޯނު ގަހެއް މަގުމައްޗަށް ވަނީ ވެއްޓިފައެވެ. ގަސްތައް ވެއްޓި ޕާކްކޮށްފައި ހުރި ބައެއް ސައިކަލުތަކަށް ގެއްލުންވެފައިވާ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.

ހުޅުމާލެއަށް ރޭ ކުރި ވިއްސާރައިގައި އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ގަސްތަކުގެ ގޮފިތައް ބިންދައިގެން މަގުމައްޗަށް ވެއްޓިފައިވެއެވެ.

މާލޭ ސަރަހައްދަށް ވައި ގަދަވުމުގެ ސަބަބުން މީގެ ދެ ދުވަސް ކުރިން ވެލާނާގެ ކުރިމަތީގައި ހުންނަ ގަހަކުން ބައެއް ވެއްޓި ސައިކަލެއްގައި ދިޔަ މީހަކަށް އަނިޔާވެފައިވެއެވެ.

މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ދަތުރުފަތުރު ކުރަން އުނދަގޫވާ ވަރަށް ވަނީ ވައިގަދަވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.