މަޖިލީހުގެ އަމީން އާންމުގެ ނައިބަކަށް މުހައްމަދު ރަޝީދު އައްޔަން ކޮށްފި

މަޖިލީހުގެ އަމީން އާންމުގެ ނައިބަކަށް މުހައްމަދު ރަޝީދު އައްޔަން ކޮށްފި

Author
ޙަސަން މުޙައްމަދު
22 މެއި 2024 11:32
0

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނައިބުކަމަށް މުހައްމަދު ރަޝީދު އައްޔަން ކޮށްފިއެވެ.

އޭނާ މަޖިލިހުގެ އަމީން އާންމުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއިއްރު އޭނާ ހުންނެވީ މަޖިލީހުގެ އެސިސްޓެންޓް ސެކްރެޓަރީގެ ޖެނަރަލްގެ މަގާމުގައެވެ. އެނގިފައިވާ ގޮތުގައި އޭނާ އެމަގާމަށް ހަމަޖައްސަވާފައިވަނީ ފާއިތުވި ހަފްތާގައެވެ.

ރަޝީދު ގެންދަވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމްވެސް ފުރުއްވަމުންނެވެ.

ދާދިފަހުން މަޖިލުހުގެ ގަވާއިދަށް ގެނައި އިސްލާހެއްގައިވާގޮތުން އަމީން އާންމުގެ ނައިބުގެ މަގާމުގައި ދެބޭފުޅުންނަށް ތިއްބެވިދާނެއެވެ. އެއީ ހިންގުމުގެ ދާއިރާ އާއި ގާނޫނީ ދާއިރާއިންނެވެ.

ރަޝީދު އަމީން އާންމުގެ ނާއިބުގެ މަގާމަށް ހަޖައްސަވާފައިވަނީ މަޖިލިހުގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.