މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބ. އިން ވ. އަތޮޅަށް އޮރޭންޖު އެލާރޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބ. އިން ވ. އަތޮޅަށް އޮރޭންޖު އެލާރޓް ނެރެފި

Author
ޙަސަން މުޙައްމަދު
22 މެއި 2024 09:19
0

ވިއްސާރަވާނެ ކަމަށް ލަފާކޮށް ބ.އަތޮޅުން ވ.އަތޮޅާއި ހަމައަށް އޮރޭންޖް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގަޑިއަކު 34 މޭލާއި 40 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މާލެއަށްވެސް ގިނަ ދުވަސްތަކުގައި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެހެންނަމަވެސް މިދުވަސްވަރު ބޮޑަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ ދެކުނަށްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.