ފުވައްމުލަކާއި އައްޑޫ ސިޓީއަށް އޮރެންޖް އެލާޓް ނެރެފި

ފުވައްމުލަކާއި އައްޑޫ ސިޓީއަށް އޮރެންޖް އެލާޓް ނެރެފި

Author
ހުސެއިން
18 މެއި 2024 07:51
0

ވިއްސާރަވެ ކަމަށް ފުވައްމުލަކާއި އައްޑޫ ސިޓީއަށް މެޓް އޮފީހުން އޮރޭންޖް ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދީ ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 19:00 އިން މިރޭ  23:00 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގަޑިއަކު 34 މޭލާއި 45 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މި ވަގުތުގައި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މާލެއަށްވެސް ގިނަ ދުވަސްތަކުގައި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެހެންނަމަވެސް މިދުވަސްވަރު ބޮޑަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ ދެކުނަށްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.