މޫސުން ގޯސްވެ 7 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ 7 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

Author
ހުސެއިން
14 މެއި 2024 11:25
0

މޫސުން ގޯސްވެ 7 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައިވަނީ ކ. ވ. މ. ދ. ފ. އދ. އަދި އއ. އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައި ވަނީ މިރޭ 22:45 އިން މެންދަމު 02:45 އަށެވެ.

އެލާޓްގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ވިލާގަޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމުގައެވެ.

ރާއްޖެއަށް މިދިޔަ ހަފްތާގައި ހުޅަނގު މޫސުމުގެ ވިއްސާރަ ވަނީ ފެށިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.