ރައްތިތުންގެ މަޖިލިހަކީ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ, ޑިމޮކްރަޓިކް އުސޫލުން މުޅި މުއައްސަސާ އިންތިޚާބުކުރާ ހަމައެކަނި ބާރު

19 ވަނަ މަޖިލިސް ނިމުމަކަށް، 1200 އަށްވުރެ ގިނަ ބިލް ހުށަހެޅި، %93 މަސައްކަތް ނިންމި!

19 ވަނަ މަޖިލިސް ނިމުމަކަށް، 1200 އަށްވުރެ ގިނަ ބިލް ހުށަހެޅި، %93 މަސައްކަތް ނިންމި!

ކުރިޔަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެންމެ ފަހު ޖަލްސާ މިއަދު ބޭއްވިގެން ދިޔައިރު، އެމަޖިލިހުގެ 5 އަހަރުގެ ދައުރުގައި މަޖިލީހަށް 1291 ބިލް ހުށަހެޅިގެންދިޔަ ކަމަށާއި، އޭގެ ތެރެއިން 1200 ބިލުގެ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުން ބުނެފިއެވެ. އެއީ %92.95 ބިލެވެ.

މިއަދު ބޭއްވުނު 19 ވަނަ މަޖިލިހުގެ އެންމެ ފަހު ޖަލްސާއަށްފަހު މަޖިލީހުން އަންމުކުރި ތަފާސް ހިސާބުގައި ބުނެފައިވަނީ، ތަޅުމުގައާއި ކޮމިޓީތަކުގައި 91 ބިލެއްގެ މަސައްކަތް މިދައުރުގައި ކުރިޔަށް ގެންދެވިފައިވާކަމަށެވެ.

މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް؛

  • ޖުމުލަ 513 ޖަލްސާ – އެއީ 1461 ގަޑިއިރު
  • ކޮމިޓީތަކުގެ 3784 ބައްދަލުވުން – އެއީ 4434 ގަޑިއިރާއި 23 މިނެޓް
  • 210 ބިލް ހުށަހެޅި، 178 ބިލުގެ މަސައްކަތް ނިންމި
  • 92 ގަރާރު ހުށަހެޅި، 73 ގަރާރުގެ މަސައްކަތް ނިންމި
  • ސަރުކާރުން 156 މައްސަލަ ހުށަހެޅި، އެއިން 152 މައްސަލައިގެ މަސައްކަތް ނިންމި
  • ރިޔާސަތުން 107 މައްސަލަ ހުށަހެޅި، 104 މައްސަލައިގެ މަސައްކަތް ނިންމި
  • މެންބަރުން 56 މައްސަލަ ހުށަހެޅި، އެއިން 48 މައްސަލައިގެ މަސައްކަތް ނިންމި
  • އެހެނިހެން ގޮތްގޮތުން 156 މައްސަލަ ހުށަހެޅި، 153 މައްސަލަ ނިންމި
  • ވަޒީރުންނަށް 405 ސުވާލުކުރަން ހުށަހެޅި، އެއިން 384 ސުވާލުކުރި
  • 108 ކުއްލި މައްސަލަ ހުށަހެޅި، ހުރިހާ މައްސަލައެއްގެ މަސައްކަތް ނިންމި
  • މެންބަރުންގެ އިމްތިޔާޒާ ގުޅޭ މައްސަލައެއް ހުށަހެޅި، މަސައްކަތް ނުނިމޭ
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *