މ. އަތޮޅުން ފެށިގެން އައްޑު އަށް ވައިޓް އެލާޓް ނެރެފި

މ. އަތޮޅުން ފެށިގެން އައްޑު އަށް ވައިޓް އެލާޓް ނެރެފި

Author
އަހުމަދު
13 މެއި 2024 05:10
0

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 13:15 އިން ހަވީރު 18:00 އަށެވެ.

އެލާޓްގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ރާއްޖެއަށް މިދިޔަ ހަފްތާގައި ހުޅަނގު މޫސުމުގެ ވިއްސާރަ ވަނީ ފެށިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.