މިއަހަރު މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 800،000 އަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11.9ގެ އިތުރުވުމެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 822،723 ފަތުރުވެރިން ރާއްޖެ އަށްވަނީ ޒިޔާރަތް ކޮށްފައެވެ. ފާއިތުވި 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 742،912 ފަތުރުވެރިންނެވެ.
މިނިސްޓްރޫގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަހަރުގެ މެއިި މަހުގެ ފުރަތަމަ 11 ދުވަސް ތެރޭ 50،072 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ. ފާއިތުވި 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 47،089 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިހާރު ދުވާލަކު އެވްރެޖްކޮށް 6،233 ފަތުރުވެރިން ދަނީ އަންނަމުންނެވެ.
އެންމެ ގިނައިން ފަތުރުވެރިން ރިޔާރަތް ކުރަމުންދާ ގައުމުތައް
ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.