ޒަމީރު ޤަތަރަށް ފުރާވަޑައިގެންފި

ޒަމީރު ޤަތަރަށް ފުރާވަޑައިގެންފި

Author
ޙަސަން މުޙައްމަދު
11 މެއި 2024 11:05
0

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި 11 – 13 މެއި 2024 އަށް ގަތަރަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ އެވެ.

މިއަހަރަކީ ރާއްޖެއާ އާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރެވުނުތާ 40 އަހަރު ފުރޭ އަހަރެވެ.

މިދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ގަތަރުގެ ސަރުކާރުގެ އިސް އެހެން ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި، ދެގައުމުގެ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތައް ހޯދުމަށް މަޝްވަރާ ކުރައްވާނެއެވެ.

މިނިސްޓަރުގެ އަރިހުގައި ބައިލެޓަރަލްގެ ސެކްރެޓަރީ ޑރ ހާލާ ހަމީދާއި އެމްބެސެޑަރ އެޓް ލާޖް ޑރ ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.