ކުޑަގިރި ޕިކްނިކް އައިލެންޑް އިތުރު ވަސީލަތްތަކާއެކު ތަރައްގީ ކުރަނީ

ކުޑަގިރި ޕިކްނިކް އައިލެންޑް އިތުރު ވަސީލަތްތަކާއެކު ތަރައްގީ ކުރަނީ

Author
ޙަސަން މުޙައްމަދު
11 މެއި 2024 09:34
0

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ މާލެއަތޮޅު ކުޑަގިރިން ކުރިމަގުގައި ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބޭނެކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެކުންފުނީގެ ބެލުމުގެ ދަށުގައި މިހާރު އޮތް ކުޑަގިރި އިތުރު ވަސީލަތްތަކާއެކު ތަރައްގީ ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ކުޑަގިރި ތަރައްގީ ކުރުުމުގެ މަސައްކަތް އެޗްޑީސީން މިހާރު ފަށާފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުމް ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ކުރިމަގުގައި ކުޑަގިރިން ލިބިގެންދާނެ ކަމުގައެވެ.

ކުޑަގިރިއަކީ އެމްޓީސީސީއާއި ބިން ހިއްކުން ހަވާލުކޮށް އަދި ސަރުކާރުގެ ގިނަ ކުންފުނިތަކެއް ގުޅިގެން ސީއެސްއާރުގެ ދަށުން ގިނަ މަސައްކަތްތަކެއްމޮށް ތަރައްގީކޮށް ހަދާފައިވާ ރަށެކެވެ. އެ ޕިކްނިކް އައިލެންޑް ތަރައްގީކޮށް ހުޅުވާފައިވަނީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.