"ބީބީ" ގެ ޝޫޓިން ނިންމައިލައިފި

"ބީބީ" ގެ ޝޫޓިން ނިންމައިލައިފި

Author
ފާތިމަތު ނާވީ
11 މެއި 2024 05:35
0

ޑާކް ރެއިން އެންޓަޓައިިންމަންޓުގެ ފުރަތަމަ ހޮރޯ-ކޮމެޑީ "ބިބީ"ގެ  ޝޫޓިން ނިންމާލައިފި އެވެ.

"ބިބީ" އަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ޝަރަފު އަބްދުﷲ ގެ އަންހެނުން އަދި މަޝްހޫރު ހޯސްޓް ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ.

ޝަރަފަކީ ޑާކް ރެއިނުން މިދިޔަ މާޗްގައި އޮލިމްޕަހުގައި އެޅުވި ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ގަ ވެސް ބަތަލެވެ. "ބިބީ" ގެ ކާސްޓްގައި އޭނަގެ އިތުރުން މަރިޔަމް މަޖުދާ މަޖޫ)، ޝީލާ ނަޖީބު، އަބްދުﷲ ޝާފިއު (ފުބޫ) އަދި އަހުމަދު އީސަ (އާނަންދު) ފަދަ ތަރިން ހިމެނެ އެވެ.

މިި ފިލްމު އިއުލާނުކޮށް ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މި ފިލްމު އަޅުވާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައިނުވި ނަމަވެސް ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުތަކެއް އަވަސް މުސްތަގްބަލެއްގައި އާންމުންނަށް ދައްކާލާނެ ކަމަށް ޑާކްރެއިން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.