"ރޮބޯމޭން" ގެ ނަމުގައި ފިލްމެއް ހަދަނީ

"ރޮބޯމޭން" ގެ ނަމުގައި ފިލްމެއް ހަދަނީ

Author
ފާތިމަތު ނާވީ
11 މެއި 2024 06:15
0

ކުޑަކުދިންގެ މެދުގައި މަގުބޫލު "ރޮބޯމޭން" އަށް ބިނާކޮށް ދިވެހި ފިލްމެއްގެ މަސައްކަތް މީޑިއާނެޓާއި އޯކޭޒް އިންކް އިން ފަށައިފި އެވެ.

ރޮބޯމޭން އަށް ބިނާކޮށް "ރޮބޯމޭން: ދަ މޫވީ" ގެ ނަމުގައި ދިވެހި ފީޗާ ފިލްމެއް ހަދަން ނިންމައިފައިވާކަން އިއުލާން ކުރީ އިއްޔެވެ. އެއީ ކުޑަކުދިންގެ ދުވަހެވެ. ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 10 ވަނަ ދުވަހެވެ.

 

View this post on Instagram

 

A post shared by MS Videoclub (@msvideoclub)

މި ފިލްމު ހަދަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ސްޓޫޑިއޯއެއް ކަމަށްވާ އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިިގެންނެވެ. މިހާތަނަށް އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއްގެ އިތުރުން ވެބް ސީރީޒްތަކެއްގެ ސްކްރީންޕްލޭ ވެސް ލިޔެފައިވާ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ "ރޮބޯމޭން" ގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ) އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި) އެވެ.

 

View this post on Instagram

 

A post shared by MS Videoclub (@msvideoclub)

އޯކޭޒް އިން ބުނީ މި ފިލުމުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ. އަދި މި ފިލްމަށް ބޭނުންވާ ކާސްޓުން ހޯދަން ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޑިޝަންތަކެއް ބާއްވާނެ ކަމަށްވެސް އޯކޭޒް އިން ބުނެ އެވެ. "ރޮބޯމޭން" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.