އެމްއޭސީއެލްއިން ހައްޖަށް ފޮނުވާ 10 މުވައްޒަފުންނާ ލިޔުން ހަވާލު ކޮށްފި

އެމްއޭސީއެލްއިން ހައްޖަށް ފޮނުވާ 10 މުވައްޒަފުންނާ ލިޔުން ހަވާލު ކޮށްފި

ގުޅުންހުރި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން ހައްޖަށް ފޮނުވާ އެކުންފުނީގެ 10 މުވައްޒަފުންނާއި ލިޔުން ހަވާލު ކޮށްފިއެވެ.

މުވައްޒަފުންނާއި ލިޔުން ހަވާލު ކޮށްފައިވަނީ ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ އެކުންފުނީގެ މުވައްޒަފުން ހައްޖަށް ފޮނުވުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން އެންމެ އިސްކަން ދީފައިވަނީ އެންމެ ދުވަސްވީ މުވައްޒަފުންނަށާއި، މިހާތަނަށް ހައްޖަށް ގޮސްފައި ނުވާ މުވައްޒަފުންގެ އިތުރުން ލިޔުންތައް ހަމަކޮށް އެންމެ ކުރިން ހުށަހެޅި މުވައްޒަފުންނަށް ކަމަށެވެ.

އަދި އެކުންފުނިން ބުނެފައިވަނި މުވައްޒަފުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން، މުވައްޒަފުން ހައްޖަށް ފޮނުވާ ސިޔާސަތުވެވެސް ހިމެނޭ ގޮތުން އުސޫލުތައް އަލުން މުރާޖައާ ކުރަން ފަށާފައިވާކަމުގައެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝަރީފް ވިދާޅުވީ، މި އަހަރު މުވައްޒަފުން ހައްޖަށް ފޮނުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވި އެއީ އެ ކުންފުންޏަށް މުހިންމު ކަމަށް ވާތީ ސަރުކާރާ ގުޅިގެން މުވައްޒަފުންނަށް ފުރުސަތު ހޯދާދީފައި ވާކަމުގައެވެ. އަދި ހުއްޓުމެއްނެތި ކުންފުނީގެ މުވައްޒަފުންނަށް ކުރިމަގުގައިވެސް ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން އޭނާ ދީފައި ވެއެވެ.

އެމްއޭސީއެލްއިން 1998 ވަނަ އަހަރު އެކުންފުނީގެ މުވައްޒަފުން ހައްޖަށް ފޮނުވަން ފެށުމަށްފަހު އެ ޕްރޮގްރާމަށް މެދުކެނޑުން އައެވެ. އެއަށްފަހު 2017ވަނަ އަހަރު އެ ޕްރޮގްރާމް ފެށުމަށްފަހު ކޯވިޑް19 އާއި ގުޅިގެން ޕްރޮގްރާމް ހުއްޓުމަކަށް އައުމަށްފަހު ދެން ޕްރޮގްރާމް ފެށީ ފާއިތުވި އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ