އެމްއޭސީއެލްގެ އެމްޑީ ވެހިކަލް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

އެމްއޭސީއެލްގެ އެމްޑީ ވެހިކަލް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

Author
އަހުމަދު
07 މެއި 2024 03:27
0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފުގެ ވެހިކަލް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެމްއޭސީއެލްގެ އުޅަނދެއް ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެއެވެ.

ޝަރީފްގެ ކާރު ވަގަށް ނަގާފައި ވަނިކޮށް އެ ހޯދާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.