ޔާމީންގެ ވަކީލް ޝިޔާޒް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

ޔާމީންގެ ވަކީލް ޝިޔާޒް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

ގުޅުންހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.

ޝިޔާޒް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މީގެކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

މިކަން ރައީސް އޮފީހުން ވެސް ކަށަވަރުކޮށްދެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ ދައުވާތަކުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ޝިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފީ މައްސަލަ މި މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުގައި ނިމިގެން ދިޔައިރު އެ އަޑުއެހުމުގައި ޝޔާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝިޔާޒް އައްޔަން ކުރެއްވި ނަމަވެސް އޭނާއަކީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޔާމީންގެ ވެރިކަމުގައި ޝިޔާޒް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު އަދާކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ