ނަހުލާ ފިލްމް އަކަށް ތަޔާރު، ނަމަކީ "ސޮރީ"

ނަހުލާ ފިލްމް އަކަށް ތަޔާރު، ނަމަކީ "ސޮރީ"

ދިވެހި ސިނަމާގެ އެންމެ މަގުބޫލު އެއް ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމް އެއް އޮލިމްޕަހުގައި އަޅުވާފައިވަނީ 2016 ގައި ބިރުވެރި ފިލްމު "4426″ އެވެ. އެފަހުން ބޮޑު ބްރޭކެއްގައި ހުރި ނަހުލާ ވަނީ 2017 ގައި އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި ލޯބީގެ ފިލްމު "ބޮސް" ގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާ ވެފައިއެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ޑައިރެކްޓަރު މިވަނީ އަނެއްކައިވެސް ފިލްމް އެއް ހަދަން އުޅޭ ކަމުގެ އިޝާރާތެއް ދީފައިއެވެ. އެ ފިލްމް އަކީ 2019 ގެ ޖޫން މަހުގެ ތެރޭގަ އިއުލާން ކުރި ފިލްމްއެކެވެ.

އެފިލްމް އަކީ "ސޮރީ" ކަމަށް ވެސް އޭރު ބުނެފައިވެއެވެ. އޭރު ނަހުލާ ބުނެފައި ވަނީ "ސޮރީ" އަކީ އޭނަ ކުރިން ވެސް ގެނެސްދީފައިވާ ކަހަލަ އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވާނެ ކަމަށެވެ. ނަމަވެސް ފިލްމް އަށް ފަހުން ވީ ކީއްކަމެއް ނޭނގެއެވެ. އަމަލީ އެއްވެސް މަސައްކަތެއް ނުފެށި އަނެއްކައިވެސް ފިލްމް ގެ ވާހަކަ މިއޮތީ ނަހުލާ ދައްކައިފައިއެވެ.

ސޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައި ފިލްމް ގެ ނަމާއި އެކުގައި ޕޯސްޓަރެއް ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ މިހާރު ފިލްމް އެއް ހަދަން ވެއްޖެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް ފިލްމް ފަށާނެ އިރެއް އޭނާ ހާމަ ކޮށްފައިއެއް ނުވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *