މި އަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން

މި އަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން

ގުޅުންހުރި

މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން އަހަރުގެ މިހާތަނަށް 73،848 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ތިންވަނައިގައި އޮތް ރަޝިއާއިން 68،342 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ދެވަނައަށް އެންގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އާދިއްތަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 69،031 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އިޓަލީން އަހަރުގެ މިހާތަނަށް 63،020 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު ޖަރުމަނުން 54،311 ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ އިން އަހަރުގެ މިހާތަނަށް އައީ 38،578 ފަތުރުވެރިންނެވެ. ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ފްރާންސް، އެމެރިކާ ސްވިޓްޒަލޭންޑް އަދި ޕޮލެންޑުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 14.6 ޕަސަންޓް އިތުރުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ