މަޖިލިސް އިންތިހާބާ ގުޅިގެން އެންޓި ކެމްޕެއިންގެ އަމަލުތައް ދަނީ ފެންނަމުން: އީސީ

މަޖިލިސް އިންތިހާބާ ގުޅިގެން އެންޓި ކެމްޕެއިންގެ އަމަލުތައް ދަނީ ފެންނަމުން: އީސީ

Author
އަހުމަދު
15 އޭޕްރިލް 2024 05:39
0

އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރާ މަސައްކަތުގައި އެންޓި ކެމްޕެއިންގެ އަމަލުތައް ފެންނަމުންދާ ކަމަށާއި ތާއީދު ހޯދުމަށް ބޭނުން ކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ވެސް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭފަދަ މެސެޖުތައް ދައުރު ކުރަމުންދާ ކަމަށެވެ.

ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކުރުމާއި ކެންޑިޑޭޓަކާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުން މަނާ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންވެ ސުލޫކީ މިންގަނޑަށް ތަބާވުމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި އީސީން ބުންޏެވެ.

ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިވާ ގޮތަށް ކެމްޕެއިން ކުރާ ކަން ފާހަގަ ކުރެވިފައިވާތީ އެފަދަ ކަންކަން ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ގޮވާލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.