މި އަހަރު ކައުންސިލްތަކަށް ދޫކުރި ގްރާންޓް 18 އިންސައްތަ އިތުރުވެއްޖެ

މި އަހަރު ކައުންސިލްތަކަށް ދޫކުރި ގްރާންޓް 18 އިންސައްތަ އިތުރުވެއްޖެ

Author
ޙަސަން މުޙައްމަދު
28 މާރޗް 2026 01:53
0

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ އަދަދު 634 މިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓު' އިން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 537 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ދޫކުރި 634 މިލިއަން ރުފިޔާއަކީ 18 އިންސައްތައިގެ އިތުރުވުމެކެވެ.

އާންމު އުސޫލެއްގެ މަތިން ކައުންސިލްތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ސިޓީ ކައުންސިލްތަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ހިއްސާކުރަނީ މާލޭ ސިޓީ ކައުންސިލުންކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލް ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ފާއިތުވި އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ކައުންސިލްތަކަށް 2.1 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، ކަނޑައެޅި އަދަދަށްވުރެ އިތުރަށް 8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އޭގެ ކުރީ އަހަރު ކަމަށްވާ 2022 ވަނަ އަހަރުވެސް ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.