އައްޑޫ ސިޓީ ހިތަދޫގައި ހުރި ފަޅު ގޯއްޗެއްގެ ތެރޭގައި ބަހައްޓާފައި ހުރި ކޮންޓެއިނަރެއްގައި ރޭ ދަންވަރު އަލިފާން ރޯވެއްޖެއެވެ.
ސަހަރާ މިސްކިތް ކުރިމަތީގައި އޮންނަ މި ފަޅު ގޯތީގައި ހިނގި މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުނީ ރޭ ދަންވަރު 02:50 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރފައިޓަރުންގެ މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވުނީ ފަތިހު 04:21 ހާއިރުއެވެ. އެމްއެންޑީއެފްއިން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ