ވިޒިޓް މޯލްޑިވްސްގެ ވަގުތީ އެމްޑީގެ މަގާމަށް ސަބީހާ

ވިޒިޓް މޯލްޑިވްސްގެ ވަގުތީ އެމްޑީގެ މަގާމަށް ސަބީހާ

Author
އަހުމަދު
26 އޮގަސްޓް 2026 11:49
0

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ސަބީހާ އަހްމަދު ހަމަޖައްސައިފި އެވެ. ސަބީހާ މި މަގާމަށް އައްޔަންކުރީ، އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ސަބީހާ، ވިޒިޓް މޯލްޑިވްސްގެ ސީއޯއޯގެ މަގާމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ. އަދި 29 އޮކްޓޯބަރު 2025 ގައި، އެ ކުންފުނީގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ އައްޔަންކޮށްފަ އެވެ. ސަބީހާ ވަނީ މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ޓޫރިޒަމް މެނޭޖްމަންޓް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.