ވަޒަން އެޅި މެގަޒިނަކާއެކު ރާއްޖެ އެތެރެވި އެމެރިކާ ރައްޔިތަކު 10 ދުވަހަށް ބަންދު ކޮށްފި

ވަޒަން އެޅި މެގަޒިނަކާއެކު ރާއްޖެ އެތެރެވި އެމެރިކާ ރައްޔިތަކު 10 ދުވަހަށް ބަންދު ކޮށްފި

Author
އަހުމަދު
25 އޮގަސްޓް 2026 06:36
0

ވަޒަން އަޅައިފައިވާ މެގަޒިނަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު އެމެރިކާ ރައްޔިތަކު ހައްޔަރުކޮށް، 10 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި، އިއްޔެ ވައިގެ މަގުން ރާއްޖެ އެތެރެވި އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލާގެ ފޮށިތަންމަތި ބަލައި ފާސްކުރި އިރު، ވަޒަން އަޅައިފައިވާ މެގަޒިނެއް ފެނުނު ކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.