މަކަރާއި ހީލަތުން އޮޅުވާލައިގެން މުދަލާއި ފައިސާ ހޯދުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރު ނަމަކަށް ކިޔާ ބިދޭސީއެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ބަލައި ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސީސީޓީވީ ފުޓޭޖްގެ އެނާލިސިސް ރިޕޯޓާއި، ސައިކަލް ޑެލިވަރީ ނޯޓެއްގެ ފޮޓޯގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތަށް އޭނާ ފޮނުވާފައިވާ ފޭކް ޓްރާންސްފަރ ސްލިޕްތަކާއި ވައިބަރ މެސެޖްތަކުގެ ސްކްރީންޝޮޓްތައް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ