ހަސަން ޒަކަރިއްޔާ އީސީގެ މެންބަރުކަމަށް އައްޔަންކުރައްވައިފި

ހަސަން ޒަކަރިއްޔާ އީސީގެ މެންބަރުކަމަށް އައްޔަންކުރައްވައިފި

ގުޅުންހުރި

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މ. މުލައް، ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ މެންބަރު ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.

އީސީގެ މެންބަރު ކަމަށް ހަސަން އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އޭނާގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ ހުސްވާ މަގާމަށް އައްޔަނު ކުރަން ޒަކަރިއްޔާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

އީސީގެ އެސްޖީގެ މަގާމަށް ހަސަން ވަޑައިގެންނެވީ 2021 ގައެވެ.

އީސީ ގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް, ފުވާދު ތައުފީގް، ނައިބު ރައީސް އަލީ ނަޝާތު، ކޮމިޝަންގެ މެމްބަރ ޑރ. މުޙައްމަދު ޒާހިރު އާއި މުހައްމަދު އާސިފްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ