ނިއުމާގެ ފަރާތުން އީދު ހަދިޔާއަކަށް "ކަޅަކި"

ނިއުމާގެ ފަރާތުން އީދު ހަދިޔާއަކަށް "ކަޅަކި"

Author
ފާތިމަތު ނާވީ
09 އޭޕްރިލް 2024 10:52
0

ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށްފައިވާ ބިރުވެރި ފިލްމު "ކަޅަކި" އީދު ހަދިޔާއެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.

ފިތުރު އީދު ދުވަހު މި ފިލްމު މީޑިއާނެޓްގެ އެމްސްއެމް ވީޑިއޯ ކުލަބުން ޕްރީމިއާކުރަން ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގައި އޮލިމްޕަހުގައި ދެއްކި މި ބިރުވެރި ފިލްމަކީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، އެކްޓަރު ޔޫސުފް ޝަފީއު ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.

 

View this post on Instagram

 

A post shared by MS Videoclub (@msvideoclub)

"ކަޅަކި" ގައި ދައްކުވައި ދޭނީ ޗުއްޓީއަކަށް ދާ ގްރޫޕަކަށް އެ މީހުން ތިބޭ ގެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކަކާ ގުޅިގެން، ޗުއްޓީ ދަތުރު ހަރާބުވެގެންދާ ގޮތެވެ. މި ފިލްމްވެސް ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ.

ފިލްމުގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.